ސުލްހަވެރި ޒުވާނުން
މަޝްހޫރު ‘ބާރަ ތޭރަ’ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ގުޑުން ގެނުވާލި ހަރަކާތެކެވެ. އިދިކޮޅު ފަރާތްތަކުން އޭރުގެ ސަރުކާރާއި ހިތްހަމަ ނުޖެހޭތީ ޖުމުހޫރީ މައިދާނަށް އެއްވެ ސަރުކާރާއި ދެކޮޅަށް އޮތް ހިތްހަމަނުޖެހުން އަޑުގަދަ ކުރާ ބޭނުންކޮށްގެން އިއްވަމުން ދިޔައީ ‘ހައްލެއް’ ލިބޭތޯއެވެ. ގިނަ ވަގުތުތަކެއް އެމައިދާނުގައި ތިއްބާ ފުލުހުންގެ އިންޒާރުތަކާއި އެކު ފުލުހުން އެއްވެ ތިބި މީހުން ފަހައި ދުއްވައިތަކެވެ. އެކަންތައްގަނޑުގެ ތެރޭގައި ފެނިގެންދިޔައީ ‘ސުލްހަވެރި ޒުވާނުން’ތަކެއް އެތަނުގައި ހަރަކާތްތެރިވީތަނެވެ. އޭރުގެ ފޮޓޯތަކަށް ބަލާލުމުން ‘ސުލްހަވެރި ޒުވާނުން’ ގެ އަތުގައި ދަގަނޑު ބުރީގެ އިތުރުން ތަފާތު އާލަތްތައް ހިފައިގެން ތިބިތަން ފެންނާނެއެވެ. އަދި އޭގެ އިތުރުން މާލޭގައި އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރާ މީހުންނާއި ކުރިމަތިލި ‘ސުލްހަވެރި ޒުވާނުން’ގެ ވާހަކަ އޭރުގެ ސަރުކާރުގެ މީޑިއާތަކުން ދިޔައީ ގޮވަމުންނެވެ. ހިނގާލުންތަކަށް ‘ސުލްހަވެރި ޒުވާނުން’ ހުރަސް އެޅިވާހަކައާއި ބައެއް ޕާޓީތަކުގެ މުޒާހަރާތަކުގައި ‘ސުލްހަވެރި ޒުވާނުން’ ހަރަކާތްތެރިވާ ވާހަކަ ދިޔައީ އިވެމުންނެވެ.
މިއީ އޭގެ އެތައް އަހަރު ފަހެވެ. ‘ރައްޔިތުން ހަނާ ވާތީ’ މާލޭގައި ބޭއްވި އެއްވުމުގެ ވަކި ހިސާބަކުން ‘ސުލްހަވެރި ޒުވާނުން’ ތަކެއް ފެންމަތިވެ މުޒާހަރާގެ ލީޑަރުންގެ ބަސްނާހާ އަލިފާން ބޯޅަ އުކާ އެތައް ހައިޖާނެއް ވަނީ ހިންގާފައެވެ. ‘ސުލްހަވެރި ޒުވާނުން’ މައިތިރި ނުކުރެވުމުން މުޒާހަރާވެސް އެންމެ ފަހުން ނިންމާލީއެވެ.މުޒާހަރާ ނިންމާލުމުންވެސް އެބުނާ ‘ސުލްހަވެރި ޒުވާނުން’ އެތަނުން ނުދިޔުމުން ފުލުހުންވަނީ އެމީހުން ހައްޔަރު ކޮށްފައެވެ.
މިހާހިސާބުން އުފެދޭ ސުވާލަކީ އެބުނާ ‘ސުލްހަވެރި ޒުވާނުން’ނަކީ ކޮން ބައެއްބާއެވެ؟ ކުރީ ސަރުކާރުގެ ހަތުރުން ބުނާގޮތުގައި އޭރުގައި ފެންމަތިކުރުވި ‘ސުލްހަވެރި ޒުވާނުން’ މައިތިރި ނުވެގެން ގޭންގުތަކަށް ބަދަލުވީއެވެ. ސިޔާސީ ކަންކަމުގެ ބޭނުންތަކަށް ކޮންމެ ޕާޓީއަކުންވެސް ‘ސުލްހަވެރި ޒުވާނުން’ނަށް ފައިސާކޮޅެއް ދީފައި އެމީހުން ބުނާ ގޮތްގޮތަށް އަޑުއުފުލާ، މުޒާހަރާތަކަށް ހުރަސް އަޅާ ތަފާތު ހަރަކާތްތައް ހިންގާކަމަށް އަޑުފެތުރިފައިވެއެވެ. ދާދިފަހުން ޓީވީއިން ދެއްކި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދެއްކެވި ‘ކަމާއިބެހޭ’ ބޭފުޅުންގެ ވާހަކައިގެ ހުލާސާއަކީ މިކަމުގެ އަޑީގައި ‘ކޮންމެވެސް ބަޔަކު’ އެބަތިބި ކަމަށެވެ. އެމީހުންނަކީ ވިޔަފާރިވެރިންކަމަށްވެސް ސިޔާސީ ބޭފުޅުންކަމަށްވެސް ވެދާނެއެވެ. މީގައި ފާހަގަ ކޮށްލެވޭ ނުކުތާއަކީ ރާއްޖޭގައި ގިނަ ސިޔާސީ ބޭފުޅަކީ ‘ވިޔަފާރިވެރިން’ނެވެ. އެހެންކަމުން އެބޭފުޅުންގެ ސިޔާސީ ‘އެދުން ފުއްދުމަށް’ ބޭނުންކުރާ ހަތިޔާރަކީ ‘ސުލްހަވެރި ޒުވާނުން’ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑު މައްސަލައަކީ ‘ޒުވާނުންގެ އަހުލާގު ގޯސްވެ ކުށްތަކަށް އަރައިގަތުން އެޒުވާނުން ކުރީގައި އުޅުން’ ކަމުގައި ގިނަ ބަޔަކު ބުނާއިރު އެޒުވާނުންކީ ހުރިހާ ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވާތަން ފެންނަ ބަޔެކެވެ. އެކިއިރު އެކި ބޭފުޅުންގެ ‘ކޮމާންޑް’ގެ ދަށުން މުޒާހަރާތަކަށްވަދެ ހަމަނުޖެހުން ހިންގުމުގައި އެ’ސުލްހަވެރި ޒުވާނުން’ ބޮޑު ރޯލެއް އަދާކުރެއެވެ. ބާރަ ތޭރަ ގެ ހަދިސާގައިވެސް މޫނުގައި ފޮތިގަނޑު އަޅައިގެން އެއްވި މީހުންނައި ދިމާއަށް ލަޓިބުރި ހިފައިގެން ދުވީ ‘ސުލްހަވެރި ޒުވާނުން’ ކަމަށްވީތީ މިއަދުވެސް މަގުމަތިން ކަޓަރު އަޅަމުން އެދުވަނީ ހަމަ އެ ‘ޒުވާނުންކަމަށް’ ގަބޫލުކުރެވެއެވެ.
ކުށްވެރިންނަށް ނުވަތަ ހަމަނުޖެހުން އުފައްދާ މީހުންނަށް ކިތައްމެ ރީތި ނަމެއް ދީގެން އެމީހުން ރުއްސި ނަމަވެސް ކޮންމެވެސް ދުވަހަކުން އެމީހުންގެ ދުއްޕާން ކުރިމަތިލާންޖެހޭނެކަން މިއަދު މިވަނީ ފެންނަން ފަށާފައެވެ. އެހެންކަމުން ޖަލުތަކުގައި ބަންދުކޮށްފައިތިބި މީހުންނަކީ ‘ސިލްހަވެރި ޒުވާނުން’ކަމަށް ހަދައިގެން މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން ‘ސުލްހަވެރި ޒުވާނުން’ގެ ބޮޑު މަންޒަރު އާންމުންނަށާއި ކަމާއި ބެހޭ ފަރާތްތަކަށް ފެންނަން ޖެހެއެވެ. ކުރީ ސަރުކާރުގެ މީޑިއާތަކުން ‘ހީރޯ’އިންގެ ގޮތުގައި ސިފަކުރި ‘ސުލްހަވެރި ޒުވާނުން’ގެ އުނދަގުލާއި ހުރެ ޤައުމު މިވަނީ ހަމަ ނޭވާލާން ދަތިވެފައެވެ

No comments:
Post a Comment